ކުރިއަށް އޮތް 1448ހ. ވަނަ އަހަރުގެ ރަމަޟާން މަހަށް 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ހުޅުމާލެގައި ދާއިމީ 3 މިސްކިތެއް ހުޅުވިގެންދާއިރު ރާއްޖޭގެ އެކިކަންކޮޅު ޖުމްލަކޮށް 14 މިސްކިތެއް ހުޅުވޭނެކަމަށް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ބުނީ، މިސްކިތްތައް އިމާރާތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބައެއް މިސްކިތްތައް ނިމުމުގެ މަރުހަލާގައި ވާއިރު، އެހެން ބައެއް މިސްކިތްތަކުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ކަނޑައެޅިފައިވާ ތާރީޚަށް މިސްކިތްތައް ނިންމޭނެ ކަމުގައެވެ.