އެޕަލް ކުންފުނިން އާ ސްމާޓް ޑިވައިސްތަކެއް ބާޒާރަށް ތައާރަފުކޮށްފިއެވެ. އެގޮތުން ރޭ ތަޢާރަފު ކުރި ޑިވައިސްތަކުގެ ތެރޭގައި އައިޕެޑަކާ އެއްގޮތް "ހޯމްވިއު"ކިޔާ ޑިވައިސްއެއް ހިމެނެއެވެ. މިއީ އެ ކުންފުނީގެ އޭއައި ޓެކްނޮލޮޖީގެ މެދުވެރިކޮށް ސްމާޓް ހޯމް ޑިވައިސް މާކެޓްގައި ވާދަކުރުމަށް އެޕަލްއިން ނެރުނު އެއްޗެކެވެ.
ހޯމްވިއު ފަރުމާކޮށްފައިވަނީ ގޭބިސީތަކުގެ ޑޯބެލް، ތާމޯސްޓެޓް، އަދި ސްމާޓް ލޮކް ފަދަ ތަކެތި ކޮންޓްރޯލް ކުރުމަށެވެ. އަދި މީގައި 7 އިންޗީގެ ސްކްރީނަކާއެކު ފޭސް ރިކޮގްނިޝަން ފަދަ ފީޗަރސްތައް ހިމެނެއެވެ. މި ޑިވައިސްގެ އަގު އުޅެނީ 299 އެމެރިކާ ޑޮލަރަށެވެ.
އެޕަލް އިން މި އާ އުފެއްދުންތައް ނެރެމުން މިދަނީ އެމެޒޯން ފަދަ ކުންފުނިތަކާ ވާދަކުރުމަށެވެ. މީގެއިތުރުން، އެޕަލްގެ ހޯމްޕޮޑް ސްމާޓް ސްޕީކަރާއި، އެޕަލް ޓީވީ އަދި އެލްޖީއާއި ޝްނައިޑާ އިލެކްޓްރިކްއާ ގުޅިގެން ތައްޔާރުކޮށްފައިވާ ޑޯބެލް، ކެމެރާ އަދި ތާމޯސްޓެޓް ފަދަ އެކްސެސަރީތަކަށްވެސް ވަނީ އަޕްޑޭޓްތަކެއް ގެނެސްފައެވެ. މިއާއެކު އެޕަލް ހޯމްޕޮޑް ސްމާޓް ސްޕީކަރާއި އެޕަލްޓީވީއަށްވެސް ވަނީ އަޕްޑޭޓްތަކެއް ގެނެސްފައެވެ.
